އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެކަން އިއުލާނުކޮށްފި
އަދަދު
28 ޖެނުއަރީ 2026 | ބުދަ | 10:48
އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެކަން އެ ބޭންކުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުގެ ކްރެޑިޓު ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ކުރަން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ފެބްރުއަރީ 1، އިން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 3،000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން ބީއެމްއެލް އިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.