މަތީ ތައުލީމަށް ބޭރަށް ދާން ބޭނުންތަ؟ ޒެޑެކްސް ސްޓަޑީއާއެކު ހުވަފެން ހަގީގަތަކަށް
އަދަދު
28 ޖެނުއަރީ 2026 | ބުދަ | 11:03
ބޭރު ގައުމަކުން މަތީ ތައުލީމު ހާސިލުކުރުމަކީ ގިނަ ދަރިވަރުންތަކެއް ދެކޭ ހުވަފެނެކެވެ. މީގެ އަށް އަހަރު ކުރިން، 2018 ވަނަ އަހަރުން ފެށިގެން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުބާރު ހޯދާފައިވާ ޒެޑެކްސް ސްޓަޑީ (ZEDEX Study) އަކީ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ އެއް ބައިވެރިޔާ އެވެ.
މިހާތަނަށް 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ ފެންވަރުގެ ޔުނިވަސިޓީތަކަށް ފޮނުވައިދީފައިވާ ޒެޑެކްސްގެ މަގުސަދަކީ ހަމައެކަނި ދަރިވަރުން ބޭރަށް ފޮނުވުމެއް ނޫނެވެ. އެއީ ކިޔަވައި ނިމެންދެން ދަރިވަރުންނާ އެކު ތިބޭނެ އިތުބާރު ހުރި ބައިވެރިއެކެވެ.
ޒެޑެކްސްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މެލޭޝިއާ، ޔޫކޭ، އޮސްޓްރޭލިއާ، ކެނެޑާ، އަޔަލޭންޑް އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގެ ޝަރަފުވެރި ޔުނިވަސިޓީތަކުން ޖާގަ ހޯދައިދިނުން ހިމެނެ އެވެ. މި ހުރިހާ ހިދުމަތެއްވެސް ދަރިވަރުންނަށް ލިބިގެންދާނީ މުޅިން ހިލެ އެވެ.