ޕީއެންސީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނު

އަދަދު

28 ޖެނުއަރީ 2026 | ބުދަ | 1:01

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގ މިއަދުގެ ބައްދަލުވުން ވެސް ކޯރަމް ހަމަނުވާތީ ކެންސަލްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ކައުންސިލަރުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު އެކްސްގައި ހިއްސާކުރެއްވި ވީޑީއޯއަކުން ފެންނަ ގޮތުގައި ޖަލްސާ ފެށި ވަގުތު ތިބީ އޭނާ އާއި މޭޔަރު އާދަމް އާޒިމް، ގަލޮޅު ހުޅަނގު ކައުންސިލަރު މަރިޔަމް ނާޒިމާ، ގަލޮޅު ދެކުނު ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް، ހުޅުމާލެ ކައުންސިލަރު އަލީ އައިމަން، މައްޗަންގޮޅި އުތުރު ކައުންސިލަރު ސައީދާ ރަޝާދު އަދި ހެންވޭރު ހުޅަނގު ކައުންސިލަރު ޝައުފާ ސަލީމް އެވެ.

މައުޟޫޢުތަށް