އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު އިތުރުކުރަން އެމްޑީޕީން އެދުމުން އިލެކްޝަންސް އިން އިތުރުކުރީ ކުރިމަތިލެވޭ ވަގުތު
އަދަދު
28 ޖެނުއަރީ 2026 | ބުދަ | 7:03
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު 10 ދުވަހަށް އިތުރުކުރަން އިދިކޮޅު އެމްޑީޕީން އެދުމުން، އިންތިހާބަށް ކުރިމަތިލެވޭ ވަގުތު އިލެކްޝަންސް ކޮމިޝަނުން މިއަދު އިތުރުކޮށްފި އެވެ.
އިލެކްޝަނުން ބުނީ އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމު އޮންލައިންކޮށް ހުށެހެޅޭ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިގޮތުން އިލެކްޝަނުން ވަގުތު އިތުރުކުރީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ރޭގަނޑު 20:00 އަށެވެ.