ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ނަގާ ފީތައް 50 ޕަސަންޓު ކުޑަކޮށްފި

އަދަދު

28 ޖެނުއަރީ 2026 | ބުދަ | 7:01

ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ނަގާ ފީތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 50 ޕަސަންޓު ކުޑަކޮށްފި އެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ 50 ޕަސަންޓަށް ކުޑަކުރަން ނިންމީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކަމަށެވެ.

މިގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަވާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

މައުޟޫޢުތަށް