އަދަދުގެ ސިޔާސީ ކާޓޫން ސެގްމަންޓް ހުއްޓާލަން އަނެއްކާވެސް އަންގައިފި
އަދަދު
28 ޖެނުއަރީ 2026 | ބުދަ | 8:05
އަދަދު ނޫހުން ގެނެސްދޭ ސިޔާސީ ކާޓޫން ސެގްމަންޓް ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަނެއްކާވެސް މިއަދު އަންގައިފި އެވެ.
ކޮންޓްރޯލް ކޮމިޝަނުން އަދަދު ނޫހަށް ފޮނުވި ސިޓީއެއްގައި ބުނީ މައްސަލަ ބެލުމުގެ މަރުހަލާގެ ބޭނުމަށްޓަކައި މައްސަލަ ބަލައި ނިމެންދެން ޖެނުއަރީ 22، ގައި މި ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫން ވަގުތީ ގޮތުން ރިމޫވްކޮށް، ސިޔާސީ ކާޓޫން ސެގަމްނޓް މެދުކަނޑާލަން ތަކުރާރުކޮށް އަންގާ ކަމަށެވެ.
"މައްސަލަ ބެލުމުގެ މަރުހަލާގެ ބޭނުމަށްޓަކައި މައްސަލަ ބަލައި ނިމެންދެން 2026 ޖެނުއަރީ 22 ވަނަ ދުވަހު ސިޔާސީ ކާޓޫނު ވޮލިއުމް 22 ގަިއ ތިޔަފަރާތުން ޝާއިއުކޮށްފައިވާ ކޮންޓެންޓް، ވަގުތީ ގޮތުން ރިމޫވްކުރައްވާ، ސެގްމަންޓް މެދުކަނޑާލުމަށް ތަކުރާރުކޮށް އަންގަން،" ކޮމިޝަނުން ބުންޏެވެ.