އަދަދުގެ ސިޔާސީ ކާޓޫނު ދައުރު ނޫހުން ޝާއިއު ކުރުމުން ކުށްވެރިވެއްޖެ

އަދަދު

28 ޖެނުއަރީ 2026 | ބުދަ | 11:01

އަދަދު ނޫހުގެ ސިޔާސީ ކާޓޫނުގެ ވޮލިއުމް 22 ދައުރު ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަންގާފައި ވަނިކޮށް އެ ފޮޓޯ ދައުރު ނޫހުން ޝާއިއު ކުރުމުން ކުށްވެރިވެއްޖެ އެވެ.

ދައުރު ނޫހަށް ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނީ އަދަދު ނޫހުން ގެނެސްދިން ކާޓޫނުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާތީ، މައްސަލައިގެ ތަހުގީގު ނިމެންދެން ދައުރު ނޫހުގެ ހަބަރުގައި ޝާއިއުކޮށްފައިވާ ކާޓޫނުގެ ފޮޓޯ ރިމޫވް ކުރަން އިލްތިމާސްކުރާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު ނިމި، ކޮމިޝަނުން މައްސަލައާ ގުޅިގެން ވަކި ގޮތެއް ނިންމަންދެން، ތިފަރާތުން 25 ޖެނުއަރީ 2026 ގެ 17:30 ގައި ތިފަރާތުގެ ވެބްސައިޓް (https://dhauru.com/post/news/41210) އަދި އެކްސްގައި ޝާއިއުކޮށްފައިވާ އެ ފޮޓޯ ވަގުތީ ގޮތުން ރިމޫވް ކުރުމަށް ތިފަރާތަށް އިލްތިމާސްކުރަން،" ކޮންޓްރޯލް ކޮމިޝަނުން ފޮނުވި ސިޓީގައި ބުންޏެވެ.

މައުޟޫޢުތަށް