ގިރާވަރުން ގޯތި ލިބުނު މީހުންނަށް ލިބޭ ޕްލޮޓް ކަނޑައަޅަން ހޮނިހިރު ދުވަހު ގުރު ނަގަނީ
އަދަދު
29 ޖެނުއަރީ 2026 | ބުރާސްފަތި | 9:47
އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ލޮޓް ކަނޑައެޅުމަށް ހޮނިހިރު ދުވަހު ގުރެއް ނެގުމަށް ހަމަޖެހިއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ގުރު ނެގުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 09:30 ގައި ސޯޝަލް ސެންޓަރުގެ ހޯލުގައި ކަމަށެވެ.
ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި ގިރާވަރުފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް ބިން ލިބިފައިވާ ފަރާތް ނުވަތަ ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ވަދެވެ އެވެ.