ސިވިލް ރައިޓްސް އޮފީހަށް މިދިޔަ އަހަރު ހުށަހެޅީ އެންމެ ތިން މައްސަލަ

އަދަދު

29 ޖެނުއަރީ 2026 | ބުރާސްފަތި | 10:09

ދިވެހި ރައްޔިތުންގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ސަރުކާރުން އުފެއްދި އޮފީސް ފޯ ސިވިލް ރައިޓްސް އަށް މިދިޔަ އަހަރު ހުށަހެޅީ އެންމެ ތިން މައްސަލަ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ ސިވިލް ރައިޓްސް އޮފީސް އުފެއްދީ، ނޮވެމްބަރު، 2023، ގަ އެވެ. އޭގެ ފަހުން 2023 އަދި އަދި 2024 ވަނަ އަހަރު އެ އޮފީހަށް 28 މައްސަލަ ހުށަހެޅި އެވެ.

އެކަމަކު، ސިވިލް ރައިޓްސް އޮފީހަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ބަންޑާރަނައިބުގެ އޮފީހުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ސިވިލް ރައިޓްސް އޮފީހަށް މިދިޔަ އަހަރު ހުށަހެޅީ އެންމެ ތިން މައްސަލަ ކަމަށެވެ. ނަމަވެސް އެއީ ކޮން ބާވަތްތަކެއްގެ މައްސަލަތަކެއް ކަމެއް ބަންޑާރަނައިބުގެ އޮފީހަކުން ނުބުނެ އެވެ.

މައުޟޫޢުތަށް