އިންވެސްޓަރުން ނުލިބިގެން އަނެއްކާ ވެސް ކާށިދޫ އާއި ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އަދަދު

29 ޖެނުއަރީ 2026 | ބުރާސްފަތި | 11:43

ކ. ކާށިދޫ ފަޅާއި ނ. މާފަރު ފަޅުތެރޭގައި އޮންނަ ފަރުމުލީގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލުމުން ވެސް އެކަށީގެންވާ ވަރަށް އިންވެސްޓަރުން ނުލިބިގެން އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފި އެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކުރީ އެޕްރީލް 1، 2025ގަ އެވެ. ސެޕްޓެމްބަރު 11، 2025 ގައި ވެސް މި އިއުލާންކުރި އެވެ. މިއީ ކާށިދޫ ފަޅުގައި ރިސޯޓެއް އަޅަން އިންވެސްޓަރުން ހޯދަން އިއުލާނުކުރި ތިންވަނަ ފަހަރެވެ.

ކާށިދޫ ފަޅުން 115 ހެކްޓަރު ކުއްޔަށް ނެގުމަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ފަރުމުލީ ފަޅުން 71 ހެކްޓަރަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 2.25 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

މައުޟޫޢުތަށް