ސަސްޕެންޝަނުގައި ހުރި އެފްއައިޔޫގެ ވެރިޔާ، ސާޖިދު އެ މަގާމުން ވަކިކޮށްފި

އަދަދު

29 ޖެނުއަރީ 2026 | ބުރާސްފަތި | 3:29

ސަސްޕެންޑު ކޮށްފައި ހުރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު އެ މަގާމުން މިއަދު ވަކި ކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސާޖިދު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގަ އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެ މައްސަލަ ބެލި އެމްއެމްއޭގެ އެތެރޭގެ ކޮމިޓީން އޭނާ އެ މަގާމުން ވަކި ކުރަން ދިން ލަފަޔާ އެއްގޮތަށް ގަވަރުނަރު، އަހުމަދު މުނައްވަރު އެވެ. ސާޖިދު މަގާމުން ވަކި ކުރިކަން، އޭނާއަށް ވެސް މިހާރު އަންގާފައިވާކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ސަސްޕެންޑުކުރީ ޑިސެމްބަރު 25، 2025 އިން ފެށިގެންނެވެ. ސްޓަރަކްޗަރަލް ބަދަލެއްގެ ތެރެއިން ކަމަށް ބުނެ އެފްއައިޔޫގެ ކުރީގެ ވެރިޔަކަށް ހުރި އަބްދުالله އަޝްރަފްގެ ބަދަލުގައި ސާޖިދު އެ މަގާމަށް ހަމަޖެއްސީ އޯގަސްޓު 3، ގަ އެވެ.

މައުޟޫޢުތަށް