ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށިކަން މުއިއްޒު އިއުލާނުކޮށްފި
އަދަދު
30 ޖެނުއަރީ 2026 | ހުކުރު | 10:43
ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެދުނު އަލުން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
މުއިއްޒު މިކަން އިއުލާނުކުރެއްވީ މިއަދު ހެދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓާއެކު ހިއްސާކުރެއްވި ފޮޓޯ އަދި ވީޑިއޯ އިން އެ ސަރަހައްދު ހިއްކާތަނާއި އެ މަސައްކަތުގައި ބޭނުންކުރާ އެއް ޑްރެޖަރު ފެނެ އެވެ.
އަންނަ މަހުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ ގިރާވަރު ފަޅުގެ މަސައްކަތް މިފަހަރު ކުރަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ބިން ހިއްކަން އެމްއޭސީއެލް އިން ގެނެސްފައިވަނީ "ފިލިޕޯ ބްރޫނެލެސްކީ" އަދި "އޮރެންޖު" ނަމަކަށް ކިޔާ ދެ ޑްރެޖަރެވެ.