އެސްޓީއޯ އަށް މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް، ސާފު ފައިދާ 762 މިލިއަނުގައި
އަދަދު
30 ޖެނުއަރީ 2026 | ހުކުރު | 7:08
މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ 15.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ހިސާބުތައް ދައްކާގޮތުން އެސްޓީއޯ އަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ 98 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އާމްދަނީ އާއެކު ފައިދާ ވެސް އިތުރުވެފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން 910 މިލިއަން ރުފިޔާގެ ފައިދާ އަދި ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ތިން ޕަސެންޓުގެ ކުރިއެރުމެކެވެ.