ކޮންޓްރޯލް ކޮމިޝަނުގެ ގާނޫނު ބޭނުންކުރަމުން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން: އައިއެފްޖޭ

އަދަދު

31 ޖެނުއަރީ 2026 | ހޮނިހިރު | 11:12

މިދިޔަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ގެ ގާނޫނު ބޭނުންކުރަމުން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނެފި އެވެ.

އަދަދު ނޫހުން ގެނެސްދޭ ސިޔާސީ ކާޓޫން ސެގްމަންޓް ހުއްޓާލަން އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ. މައްސަލަ ބެލުމުގެ މަރުހަލާގެ ބޭނުމަށްޓަކައި މައްސަލަ ބަލައި ނިމެންދެން ޖެނުއަރީ 22، ގައި މި ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫން ވަގުތީ ގޮތުން ރިމޫވްކޮށް، ސިޔާސީ ކާޓޫން ސެގަމްނޓް މެދުކަނޑާލަން ތަކުރާރުކޮށް ވަނީ އަންގާފަ އެވެ.

އެ އެންގުން ކުށްވެރިކޮށް އައިއެފްޖޭއިން ވަނީ ކޮންޓްރޯލް ކޮމިޝަނުގެ ގާނޫނު އުވާލުމަށް ގޮވާލައިފަ އެވެ. އެ ގާނޫނު ބޭނުންކޮށްގެން ސައްހަ ނޫސްވެރިކަމާއި އެޑިޓޯރިއަލް ކޮންޓެންޓް ސެންސަރުކުރުމުންދާ ކަމަށާއި، މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަމާއި، ބިރު ދެއްކުމަށް ވެސް ގާނޫނުން ހިތްވަރުދޭ ކަމަށް އައިއެފްޖޭއިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް