ހިޔާ ޓަވަރެއްގައި ރޯވުން: 38 އެޕާޓްމަންޓަކަށް ގެއްލުންވެ، 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން
އަދަދު
31 ޖެނުއަރީ 2026 | ހޮނިހިރު | 2:12
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 38 އެޕާޓްމަންޓަކަށް ގެއްލުންވެ، 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ހިޔާ ފަސްވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވީ 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިއަށް ކަމަށާއި އެކަން ރަނގަޅު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލުންވި އެޕާޓްމަންޓްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވި 18 އެޕާޓްމަންޓެއްގައި ދިރިއުޅޭ 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެއުން ބުއިމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.