އަދާލަތު ޕާޓީގެ ރައީސަކަށް 99 ޕަސަންޓު ވޯޓާއެކީ ޝައިހް ޝިފާން
އަދަދު
31 ޖެނުއަރީ 2026 | ހޮނިހިރު | 8:40
އަދާލަތު ޕާޓީގެ ރައީސަކަށް 99 ޕަސަންޓު ވޯޓާއެކީ އެ ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން މިއަދު އިންތިހާބުކޮށްފި އެވެ.
ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ކުރިއަށްގެންދިޔަ އިންތިހާބުގައި ޝައިހް ޝިފާނާ ވާދަކުރެއްވި އިކްރާމް އަބްދުއްސައްތާރަށް ލިބުނީ އެންމެ ޕަސަންޓެކެވެ.
އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 22 ޕަސަންޓު މީހުންނެވެ.