އަދާލަތު ޕާޓީން އިންސައްތައިން ހާމަކުރި ނަތީޖާގެ އަދަދުތައް

އަދަދު

31 ޖެނުއަރީ 2026 | ހޮނިހިރު | 10:00

އަދާލަތު ޕާޓީގެ ރައީސަކަށް 99 ޕަސަންޓު ވޯޓާއެކީ އެ ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އިންތިހާބުކުރި އިންތިހާބުގައި ވޯޓުލީ އެންމެ 22 ޕަސެންޓު މެންބަރުންކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

މި އިންތިހާބުގެ ނަތީޖާ ހާމަކުރުމަށް އަދާލާތު ޕާޓީން ކުރި އިއުލާނުގައި ވޯޓު ދިން މީހުންގެ އަދަދު ހާމަކުރުމުގެ ބަދަލުގައި ހާމަކޮށްފައިވަނީ އިންސައްތަ އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން 'އަދަދު' ނޫހުން ސުވާލުކުރުމުން އެ ޕާޓީން ޖަވާބު ދީފައިވަނީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ އަދާލަތު ޕާޓީގެ 8340 މެންބަރުންނަށް ކަމަށެވެ. ނަތީޖާ ހާމަކުރުމުގައި މެންބަރުންގެ އަދަދުގެ ބަދަލުގައި އިންސައްތަ ހާމަކުރީ ކީއްވެގެން ކަމެއް އަދާލަތު ޕާޓީން ނުބުނެ އެވެ.

މައުޟޫޢުތަށް