ޑރ. ބާޝާއާއެކު ފުރިހަމަ ހިނިތުން ވުމެއް
އަދަދު
1 ފެބްރުއަރީ 2026 | އާދިއްތަ | 8:01
ފުރިހަމަ، ރީތި ހިނިތުންވުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް، ދަތްތައް ސީދާ ތަރުތީބުނުވުމާއި، ދަތް މަދުވުމުގެ ސަބަބުން ގަންނަ ލަދާއި، ކެއިންބުއިމުގައި ކުރިމަތިވާ އުނދަގޫތަކުގެ އަސަރު ވަރަށް ބޮޑެވެ.
މިފަދަ މައްސަލަތަކަށް ރާއްޖެއިން ބޭރަށް ނުގޮސް، ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭރުގެ ތަޖުރިބާކާރު މެކްސިލޯފޭޝަލް ސާޖަން، ޑރ. މުހައްމަދު ސަލްމާން ބާޝާ އާއެކު ހާއްސަ ފުރުސަތެއް ފަހިކޮށްދީފައެވެ.
ޑރ. ބާޝާ އަކީ އަނގަޔާއި، ދަތްޕިލަ އަދި މޫނުމަތީގެ ކަށިތަކާ ގުޅޭ އުނދަގޫ ސާޖަރީތަކަށް ހާއްސަވެފައިވާ ޑޮކްޓަރެކެވެ. އޭނާއަކީ ހަމައެކަނި ދަތް އުފުރައި ނުވަތަ ދަތް އިންދާ ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ މޫނުމަތީގެ ބައްޓަމާއި ދަތްޕިލައިގެ މަސައްކަތްތައް އިއާދަކޮށްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ "ފޭޝަލް އާކިޓެކްޓް" އެކެވެ.