ޕީއެންސީއަށް ޖޯކު ޖަހާނަމަ މަރާލާނެ ކަމަށް ބުނެ އަދަދުގެ ސީއީއޯ ފިޔާޒުއަށް އިންޒާރު ދީފި

އަދަދު

1 ފެބްރުއަރީ 2026 | އާދިއްތަ | 10:17

ވެރިކަން ކުރާ ޕީއެންސީއަށް ޖޯކު ޖަހާނަމަ، މަރާލާނެ ކަމަށް ބުނެ އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް މީހަކު މަރުގެ އިންޒާރު ދީފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފިޔާޒުއަށް މަރުގެ އިންޒާރު ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ފޭސްބުކް ގައި ހިންގާ އެކައުންޓަކުންނެވެ. 'ޔޫސުފް އާސް' ގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓުން ޖެނުއަރީ 23، ގެ ރޭ ދަންވަރު 3:30 ގައި ފިޔާޒުއަށް މެސެންޖާއިން ފޮނުވި މެސެޖުގައި އިންޒާރުދީ ބުނެފައި ވަނީ ޕީއެންސީއަށް ޖޯކު ޖަހާނަމަ މަރާލާނެ ކަމަށެވެ.

"ކަލޭ މަރާލާނަން ޕީއެންސީއަށް ޖޯކު ޖަހާނަމަ، ކަލޭ މަރާލާނަން،" ފިޔާޒުއަށް ފޮނުވި މެސެޖުގައި ބުންޏެވެ.

މައުޟޫޢުތަށް