ކޮންޓްރޯލް ކޮމިޝަނުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އަދަދު ނޫހުން ކޯޓަށް މައްސަލަ ހުށަހަޅައިފި

އަދަދު

1 ފެބްރުއަރީ 2026 | އާދިއްތަ | 12:25

އަދަދު ނޫހުން ގެނެސްދިން ސިޔާސީ ކާޓޫނެއް އިސްލާމްދީނުގެ އަސްލަކާ ހިލާފު ކަމަށް ބުނެ، އެ ކާޓޫނެ ނެގުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންގި އެންގުން ބާތިލު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އަދަދު ނޫހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އަދަދުގެ ސިޔާސީ ނެގުމަށް ކޮންޓްރޯލް ކޮމިޝަނުން އަންގާފައި ވަނީ އެފަދަ އެންގުމެއް އެންގުމުގެ ގާނޫނީ ބާރު ނެތި ކަމަށާއި އެ އެންގުން އަންގާފައި ވަނީ އަސާސެއް ނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން، ކޮންޓްރޯލް ކޮމިޝަނުން އަދަދު ނޫހަށް އެންގި އެންގުމުގައި، އެ ކާޓޫނު ނަގަން އަންގާފައި ވަނީ އެ މައްސަލަ ބަލަމުންދާތީ ކަމަށް ބުނެފައިވާއިރު، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ވަކި ގޮތަކަށް ނިމުމުގެ ކުރިން ފިޔަވަޅެއް އެޅުން ހުއްދަކުރާ އަދި އެފަދަ ބާރެއް ކޮމިޝަނަށް ދީފައިވާ މާއްދާއެއް މިދިޔަ އަހަރު ފާސްކުރި ކޮންޓްރޯލް ގާނޫނުގައި ނެތްކަމަށް އަދަދު ނޫހުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް