ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ސްރީލަންކާ މީހަކު ހައްޔަރުކޮށްފި
އަދަދު
1 ފެބްރުއަރީ 2026 | އާދިއްތަ | 11:31
ކ. ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މައްސަލައިގައި ސްރީލަންކާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރާ އަމީން މިއާ، 24، މަރުވީ ޖެނުއަރީ 26، ގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި ކޮންނަބޯޓަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.
ކޮންނަ ބޯޓުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ.