ވަހީދު ބޭނުންވީ އެޕްސްޓީންއާ ގުޅިގެން ރާއްޖޭގައި ވެސް "ޕްރައިވެޓް އައިލެންޑް" އެއް ތަރައްގީކުރަން

އަދަދު

1 ފެބްރުއަރީ 2026 | އާދިއްތަ | 2:14

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާ ގުޅިގެން މަހުޖަނުންނާއި ނުފޫޒުގަދަ މީހުންނަށް ހާއްސަ ޕްރައިވެޓް އައިލެންޑެއް ތަރައްގީކުރަން ކުރީގެ ރައީސް މުހައްމަދު ވަހީދު ރޭވިކަން ފަޅާ އަރައިފި އެވެ.

މިކަން ފަޅާއެރީ އެމެރިކާގެ ސެނެޓުން ފާސްކޮށް މި ހަފުތާ ބަންދުގައި އާންމުކުރި އެތައް މިލިއަން ލިޔެކިޔުމެއް ހިމެނޭ "އެޕްސްޓީން ފައިލްސް" އިންނެވެ. ވެރިކަމަށްފަހު، 2014 ވަނަ އަހަރު ފޮނުވި މެއިލް އެއްގައި ވަހީދު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ހުށަހެޅީ ރ. ފުއްގިރި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެތައް މިލިއަން ލިޔެކިޔުމެއްގެ ތެރޭގައި ވަހީދު އެޕްސްޓީން އާއެކު ފުއްގިރީގެ ވާހަކަ ދައްކާފައިވާ އަށް ޑޮކިއުމެންޓެއް ހިމެނެ އެވެ.

މައުޟޫޢުތަށް