އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަމުން ޒާހިރު އިސްތިއުފާ ދެއްވައިފި

އަދަދު

1 ފެބްރުއަރީ 2026 | އާދިއްތަ | 1:48

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާދެއްވައިފި އެވެ.

ޒާހިރު މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން މުހައްމަދު މުއިއްޒު ވަނީ މިއަދު އޭނާއާ ބައްދަލުކުރައްވައި މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޒާހިރަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި މަސައްކަތް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

މައުޟޫޢުތަށް