ދަރަނި ދެއްކުމަށްޓަކައި ދަރަނި ނެގުމުން، ދަންތުރައެއްގައި ރާއްޖެ ބަނދެވިފައިވާކަން ސާފު: ނަޝީދު
އަދަދު
1 ފެބްރުއަރީ 2026 | އާދިއްތަ | 6:41
ބޮޑު އިންޓްރެސްޓުގައި ނަގާ ލޯނުން ހަމައެކަނި ކުރާ ކަމަކީ ދައުލަތުގެ ދަރަނި ދެއްކުން ކަމަށް ވީމާ ދަރަނީގެ ދަންތުރައެއްގައި ދިވެހިރާއްޖެ ރަނގަޅަށް ބަނދެވިފައިވާކަން ސާފު ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
"އެއީ މިހާރު ގައުމީ މައްސަލައެއް، ދިވެހީންނަށް އަނބުރާ ދެއްކުން ނުކުޅަދާނަވާ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށް ވީމާ، މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފު،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.