އެމެރިކާގެ އަސްކަރީއަށް ތިބެވޭ ގޮތަށް ޗާގޯސް ރާއްޖެއަށް ދޭން ޓްރަމްޕަށް މުއިއްޒު ހުށަހަޅުއްވައިފި

އަދަދު

2 ފެބްރުއަރީ 2026 | ހޯމަ | 9:41

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގައި އެމެރިކާގެ އަސްކަރިއްޔާއަށް ތިބެވޭ ގޮތަށް އެ ތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސް މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، މިހާރު ވެސް އެތަން ހިނގާ ގޮތަށް ކުރިއަށް ގެންދަން ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ،" އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ. "ރައީސް ޓްރަމްޕުގެ މަގްސަދަކީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ކުރިއަށް އޮތް ތަނުގައި ވެސް ޗާގޯސް ބޭނުން ކުރެވޭނެކަން ކަށަވަރުކޮށް ޔަގީން ކުރުން."

މައުޟޫޢުތަށް