އަމީން މިއާގެ މަރު: ހައިމާކު އޮޕަރޭޓުކުރީ ބަލަންޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ބުނެފި

އަދަދު

2 ފެބްރުއަރީ 2026 | ހޯމަ | 12:45

ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި ބިދޭސީއަކު މަރުވި މައްސަލައިގައި ހައިމާކު އޮޕަރޭޓުކުރީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ބުނެފި އެވެ.

ވެމްކޯގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ އަމީން މިއާ، 24، މަރުވި މި މައްސަލައިގައި ހައިމާކު އޮޕަރޭޓުކުރި ސްރީލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32 ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ. އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލާ ބައްދަލުވެފައި ނުވާތީ ކަމަށް ކޯޓުން ބުންޏެވެ.

މައުޟޫޢުތަށް