ދެ އިންތިހާބު އެއްކޮށްލާ ވޯޓު، ކައުންސިލް އިންތިހާބާއެކު ބޭއްވޭނީ ފެބްރުއަރީ 18 ގެ ކުރިން ގާނޫނުއަސާސީ ބަދަލުކޮށްގެން: އީސީ
އަދަދު
2 ފެބްރުއަރީ 2026 | ހޯމަ | 11:52
ދެ އިންތިހާބު އެއްކޮށްލާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ނަގާނަމަ، އެންމެ ލަސްވެގެން ވެސް މި މަހުގެ 18 ގެ ކުރިން ގާނޫނުއަސާސީއަށް ބަދަލުގެންނަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސްފި ނަމަ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސްއިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންނަމަވެސް، އެކަން ކުރުމަށްޓަކައި އެންމެ މަދުވެގެން ވެސް ވޯޓުގެ ކުރިން 45 ދުވަސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.