އެޕްސްޓީންގެ ރަހުމަތްތެރިޔާ ވަހީދު އަދިވެސް ހުންނެވީ މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުގައި
އަދަދު
2 ފެބްރުއަރީ 2026 | ހޯމަ | 2:35
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބޭއްވިކަން ފަޅާއެރުމުން ވެސް، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އެމަނިކުފާނު ވަކި ކުރަން ސަރުކާރުން ޖެހިލުންވެއްޖެ އެވެ.
ވަހީދު މަގާމުގައި ދެމިހުންނެވިކަން ޔަގީންކުރުމަށް އަދަދު އިން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުއާ ސުވާލުކުރުމުން ވިދާޅުވީ ވަހީދު ހުންނެވީ އަދިވެސް ހާއްސަ މުޝީރުގެ މަގާމުގައި ކަމަށެވެ.
އެޕްސްޓީން އާއި ވަހީދުއާ ދެމެދު ގާތް ގުޅުމެއް އޮތްކަން ފަޅާއެރީ އެމެރިކާގެ ސެނެޓުން ފާސްކޮށް މި ހަފުތާ ބަންދުގައި އާންމުކުރި އެތައް މިލިއަން ލިޔެކިޔުމެއް ހިމެނޭ "އެޕްސްޓީން ފައިލްސް" އިންނެވެ.