ދެ އިންތިހާބު އެއްކޮށްލަން ބޭއްވި ކޮމިޓީގެ މަޝްވަރާ ބައްދަލުވުން ދޫކޮށް އެމްޑީޕީ ނުކުމެއްޖެ

އަދަދު

2 ފެބްރުއަރީ 2026 | ހޯމަ | 5:57

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރަން ހުށަހަޅާފައިވާ ބިލަށް މަޝްވަރާ ކުރަން ބޭއްވި ކޮމިޓީ ބައްދަލުވުން ދޫކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުކުމެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ މައްސަލަ ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުން އެމްޑީޕީން ވޯކްއައުޓްކުރީ އެކަމާ ގުޅޭގޮތުން އެ ޕާޓީ އެތެރޭގައި މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ވެސް ވަގުތު ދީފައިނުވާ ކަމަށް ބުނެ އެވެ.

ކޮމިޓީގައި އެމްޑީޕީގެ ނައިބުރައީސް ހިސާން ހުސައިން ވިދާޅުވީ އަވަސް އަރުވާލައިގެން ކޮމިޓީން މައްސަލައިގައި ގޮތް ނިންމަން އުޅުމުގެ ސަބަބުން ޕާޓީ އެތެރޭގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް މިކަމާ ގުޅިގެން ރަނގަޅު ނިންމުމެއް ނުނިންމޭނެ ކަމަށެވެ.

މައުޟޫޢުތަށް