އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ
އަދަދު
2 ފެބްރުއަރީ 2026 | ހޯމަ | 4:18
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 9:05 ހާއިރު މަރުވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހައިލް، 53 ކަމަށެވެ.
ސްޓްރޯކެއް ޖެހިގެން 2025 ގައި ފަރުވާ ހޯދަމުން އައި އިބްރާހިމް ސުހައިލް މަރުވީ ނިއުމޯނިއާ ޖެހިގެން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.