ރާއްޖެއަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް އަތުލައިގަނެފި
އަދަދު
2 ފެބްރުއަރީ 2026 | ހޯމަ | 8:40
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދެ މަސް ބޯޓު ހިފެހެއްޓީ އެމްއެންޑީއެފް ކޯސްގާޑާއި، އެމްއެންޑީއެފް އެއާކޯއިން ހިންގި ސަވައިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ދެ ބޯޓު އެމްއެންޑީއެފްއިން އަތުލައިގަތީ އިއްޔެ މެންދުރު 14:02 ހާއިރު، ހއ. ކެލާގެ 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.