ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ދެފުށް ފެންނަ ގޮތަށް ބާއްވާ ފަހު އިންތިހާބަށް ވެދާނެ: ޝާހިދު
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 9:42
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހިރާއްޖޭގައި ޓްރާންސްޕޭރެންޓުކޮށް ބޭއްވޭޭ ފަހު އިންތިހާބަށް ވެދާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ޒުވާނުންނަށް އަމާޒުކޮށް ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ޒުވާނުންނަށް ރާއްޖޭގައި ޓްރާންސްޕޭރެންޓުކޮށް އިންތިހާބެއްގައި ވޯޓުލެވޭ އެންމެ ފަހު ފަހަރު ކަމަށް ވެދާނެ ކަމަށެވެ.
"ރާއްޖޭގެ ވަރަށް ބޮޑު އާބާދީއަކީ ޒުވާނުން. އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުން މި ވެދާނެއޭ ހަގީގަތުގައި، ލޯކަލް ކައުންސިލް އިންތިހާބަކީ ހަގީގަތުގައި ދިވެހިރާއްޖޭގައި ރައްޔިތުންނަށް ޓްރާންސްޕޭރެންޓުކޮށް ވޯޓެއް ލާން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް،" ޝާހިދު ވިދާޅުވި އެވެ.