ޕީއެންސީއަށް ތާއީދުނުކުރާތީ ކޮލަމާފުށި ފެނަކައިގެ އިސް މުވައްޒަފަކު ވަކިކޮށްފި
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 10:56
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތާއީދުނުކުރާތީ ގއ. ކޮލަމާފުށި ފެނަކައިގެ އިސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ފެނަކައިގެ ވަޒީފާ 2015 އިން ފެށިގެން އަދާކުރަމުންދިޔަ ގއ. ކޮލަމާފުށި، ވެލާނާގެ، އަބްދުﷲ ނާސިރު ކޮލަމާފުށި އިންޖީނުގެއާއި ފެނަކަ އޮފީސް ހިންގުމުގެ އެންމެހާ ކަންކަމާ ހާވާލުވެ ހުއްޓައި، މި ސަރުކާރުން ވެރިކަމަށް އައިސް އޭނާގެ މަގާމު އެސިސްޓެންޓް މެނޭޖަރަކަށް ބަދަލުކޮށް ދުވަސްތަކެއް ފަހުން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސް ގައި ވިދާޅުވީ އަބްދުﷲ ނާސިރު ފެނަކައިގެ ވަޒީފާއިން ވަކިކުރީ މީގެ ކުރިންވެސް އޭނާއަށް އެތައް އިންޒާރެއްދީ، ވަޒީފާގެ މަގާމު ދަށްކުރުމުން ވެސް މިނިވަން ސިޔާސީ ފިކުރު ފާޅުކުރުން އޭނާ ހުއްޓާނުލުމުން ކަމަށެވެ.