ފިޔޯރީގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކަން ފެށީ އީއައިއޭ ވެސް ނުހަދާ!

އަދަދު

3 ފެބްރުއަރީ 2026 | އަންގާރަ | 11:36

ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކައުންސިލް އިންތިހާބާ ދިމާކޮށް އިއްޔެ ފެށީ ތިމާވެށްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކޮށްދޭ ރިޕޯޓު (އީއައިއޭ) ނުހަދައިކަން އެނގިއްޖެ އެވެ.

ފިޔޯރީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ އިއްޔެ އެވެ. އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް އެވެ. އެ ރަސްމިއްޔާތުގައި ހައުސިން އަދި ޕްލޭނިން މިނިސްޓަރުގެ އިތުރުން ވެސް ސަރުކާރުގެ ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ނަމަވެސް، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު އަދި ތައްޔާރުކޮށް އާންމު ކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ހެދުމަށް ސާވޭ ޓީމު މި ވަގުތު ވެސް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ސާވޭ ޓީމުން ތައްޔާރުކުރަމުން ދަނީ ވަގުތީ އީއައިއޭ ރިޕޯޓެކެވެ.

މައުޟޫޢުތަށް