ކައުންސިލް އިންތިހާބަށް އީފާސް ބޭނުންކުރާ މައްސަލައިގައި ޔާމީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 12:16
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރަން ހަމައެކަނި އީފާސް ބޭނުންކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ޕާޓީ އިން ހުށަހެޅި އިންތިހާބީ ޝަކުވާ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ވެއްދީ ގާނޫނީ ވަކީލު އާދަމް އާސިފް އެވެ. އެ މައްސަލަ ޕީއެންއެފްއިން ކޯޓަށް ވެއްދީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން އީފާސް މެދުވެރިކޮށް 50 މީހުންގެ ތާއީދު ހޯދަން ޖެހޭތީ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ގާނޫނީ އުސޫލުތަކުގެ އަލީގައި އެފަދަ ޝަރުތެއް ކުރުން ގާނޫނާ ހިލާފު ކަމަށް ބުނެދެވިފައި ނުވާތީ ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ސޮއިކުރި ނިންމުމުގައި ބުނެފައިވެ އެވެ.