ހައި ކޯޓަށް ރައޫފް އަދި ޝަފީއު އައްޔަންކުރަނީ

އަދަދު

3 ފެބްރުއަރީ 2026 | އަންގާރަ | 1:28

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރިން ކުރެއްވި އަބްދުއްރައޫފް އިބްރާހިމް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އިސްމާއިލް ޝަފީއު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާކަން އެނގިއްޖެ އެވެ.

ހައިކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ، ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމުންނެވެ. މި ދެ ބޭފުޅުން ވެސް މަގާމުން ވަކިވެވަޑައިގަތީ ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައި ވަނިކޮށް ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވުމާ ގުޅިގެން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، މުއްދަތު ހަމަވުމުގެ ކުރިން 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މައުޟޫޢުތަށް