ދިވެހި ސަރުކާރުން ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލަން ސީޕީޖޭ އިން ގޮވާލައިފި

އަދަދު

3 ފެބްރުއަރީ 2026 | އަންގާރަ | 4:33

ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދީ، ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން މީޑިއާތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލަން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ނޫސްވެރިންނަށް ބިރު ދެއްކުން ހުއްޓާލަން ސީޕީޖޭ އިން ގޮވައިލީ، އަދަދު ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި "ސިޔާސީ ކާޓޫން" ގެ ވޮލިއުމް 22 ދައުރު ކުރުން މަނާކޮށް، އެހެން މައްސަލައެއްގައި ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދިނުމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު މީޑިއާ ކޮންޓްރޯލް ކުރަން މި ސަރުކާރުން ވުޖޫދަށް ގެނައި ގާނޫނުގެ ބޭނުން ހިފައި، ކޮންޓްރޯލް ކޮމިޝަނުން މި ނޫހުގެ ސިޔާސީ ކާޓޫނު ނެގުމަށާއި އެ ސެގްމެންޓު ހުއްޓާލުމަށް އެންގި އެންގުން ބަލައިނުގަނެވޭ ކަމަށް ވެސް ސީޕީޖޭ އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް