އީފާސް ބޭނުން ކުރަންޖެހޭ މައްސަލަ އިސްތިއުނާފުކޮށް ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 3:13
ލޯކަލް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރަން ހަމައެކަނި އީފާސް ބޭނުންކުރަންޖެހޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ އިސްތިއުނާފުކޮށް، ރަޖިސްޓްރާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލް އަދަދު އަށް ވިދާޅުވީ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ފަރާތުން ގާނޫނީ ވަކީލު އާދަމް އާސިފް ކޯޓަށް ވެއްދި އީފާސްއާ ގުޅޭ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ދެކޭ ކަމަށެވެ.
"އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ސަބްމިޓް ކުރުމުގެ މަސައްކަތް އެބަދޭ. ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމާ، އެ ދެ ކަންތައް ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.