އެޕްސްޓީން އާ ބައްދަލުވީ އެންމެ ދެ ފަހަރު ކަމަށް ބުނެ ވަހީދު ދޮގު ހަދައިފި
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 8:29
ސެކްސް ޓްރެފިކިން ރިންގެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާއެކު ގާތް ގުޅުމެއް ބޭއްވިކަން ފަޅާ އަރާފައިވާ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، އެޕްސްޓީން އާ ބައްދަލުކުރީ އެންމެ ދެ ފަހަރު ކަމަށް ބުނެ ދޮގު ހަދައިފި އެވެ.
އެޕްސްޓީން އާއެކު ބޭއްވި ގުޅުން ފެންމަތިވެ ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ވަހީދު ވަނީ އޭނާގެ އޮފީސް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ވަހީދު އެޕްސްޓީން އާ ބައްދަލުކުރީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ ސެޕްޓެމްބަރު 23، 2012، އަދި މެއި 18، 2014، ގައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގަ އެވެ.