ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ބުނެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ޕެންޝަން އޮފީހުން ދިފާއުކޮށްފި

އަދަދު

3 ފެބްރުއަރީ 2026 | އަންގާރަ | 7:09

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ މުއާމަލާތް އެ އޮފީހުން ދިފާއުކޮށްފި އެވެ.

މި މުއާމަލާތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށެވެ.

"ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވަނީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާރކެޓުގައި ވިއްކާލުމަށްފަހު، ލިބޭ ފައިސާއިން،" ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް