ޕެެންޝަން ފަންޑުގެ ނިންމުމަކީ ގާނޫނުން ރެކެން ހިންގި 'މަނީ ލޯންޑަރިން' ގެ ހަރަކާތެއް: ޒަރިޔަންދު
އަދަދު
4 ފެބްރުއަރީ 2026 | ބުދަ | 11:58
ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަކީ "މަނީ ލޯންޑަރިން"ގެ އަމަލެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިއްޔެ "ދޮރުންދޮރަށް" ހަރަކާތް ފެށުމުގެ ކުރިން އަދަދު ނޫހާ ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދަޅުވީ ޕެންޝަން އޮފީހުގެ ނިންމުމަކީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ދައުލަތަށް އިތުރަށް ފައިސާ ހޯދޭނެ މަގު ބަންދުވުމުން، ގާނޫނުން ރެކެން ކުރި ކަމެއް ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ، ދައުލަތަށް ފައިސާ ދޫކުރުމަށް އެމްއެމްއޭއަށް ކަނޑައަޅާފައިވާ ތުރެޝްހޯލްޑް މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން، ގާނޫނީ އިންތަކުގެ ތެރެއިން އެމްއެމްއޭއަށް ދެން ސަރުކާރަށް ފައިސާ ދޫކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.