ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
އަދަދު
4 ފެބްރުއަރީ 2026 | ބުދަ | 11:27
ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމިތާ 24 ގަޑިއިރު ނުވަނީސް އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާދެއްވައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޖާތާ އިސްތިއުފާ ދެއްވީ މިއަދެވެ. ސުޖާތާއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.
ސުޖާތާ އިސްތިއުފާދެއްވިއިރު ޕެންޝަން އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.