ސުޖާތަ އިސްތިއުފާ ދެއްވީ ބޮންޑު ޓްރާންސެކްޝަން ލިޔުމުގައި ސޮއިނުކުރަން ވެގެން

އަދަދު

4 ފެބްރުއަރީ 2026 | ބުދަ | 1:07

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ ބޯޑުން އިއްޔެ ފާސްކުރި ގޮތަށް ބޮންޑު ގަތުމާއި ވިއްކުމުގެ މުއާމަލާތް ހިންގަން ލިޔުމުގައި ސޮއިކުރަން ދެކޮޅު ހެދުމަށް ފަހު ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި ބޯޑުން ބޭނުންވީ މިއަދުންމިއަދަށް މި މުއާމަލާތައިގެން ކުރިއަށްދާށެވެ. ނަމަވެސް ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ލިޔުމުގައި ސޮއިކުރަން އިންކާރުކޮށްފައި ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

ސުޖާތާއަކީ ޕެންޝަން އޮފީހާއި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން އިންކާރުކުރުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވި ދެވަނަ ބޭފުޅާ އެވެ. މީގެ ކުރިން މި ގޮތަށް އިސްތިއުފާ ދެއްވީ އެ އޮފީހުގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ އެވެ.

މައުޟޫޢުތަށް