ރިޔާސީ ބަޔާންތަކުގައި ގިނައީ ދޮގު، 90 ޕަސެންޓު ވައުދު ނުފުއްދާ: އެމްޑީޕީ

އަދަދު

4 ފެބްރުއަރީ 2026 | ބުދަ | 9:49

ރިޔާސީ ބަޔާންތަކުގައި ރައީސް މުހައްމަދު މުއިއްޒު ދައްކަވާފައިވާ ގިނަ ވާހަކަތަކަކީ ދޮގު ކަމަށާއި ވައުދުވީ ގޮތަށް ގިނަ މަސައްކަތްތަކެއް ނުހިނގާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުން ވަނީ ވޭތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެފައި ހުރި މަސައްކަތްތައް ހިނގާފައި ހުރި މިންވަރު ކިޔައިދީފަ އެވެ.

އެ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ވޭތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން އެ ޕާޓީން ދިރާސާކުރިއިރު، ކޮންމެ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް ރިޔާސީ ބަޔާންތަކުގައި ހުރީ ދޮގު ކަމަށެވެ.

މައުޟޫޢުތަށް