ޕެންޝަން އޮފީސް މެދުވެރިކޮށް "ވަލުދޮރާށިން" ފައިސާ ޗާޕުކުރި މައްސަލަ ތަހުގީގުކުރާނަން: ގަފޫރު
އަދަދު
4 ފެބްރުއަރީ 2026 | ބުދަ | 10:55
ޕެންޝަން އޮފީސް މެދުވެރިކޮށް "ވަލުދޮރާށިން" ފައިސާ ޗާޕު ކުރި މައްސަލަ އަންނަ ސަރުކާރެއްގައި ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ އެންމެނަށް ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްގަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުތަކަށް އެމްއެމްއޭއަށް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރާ މައްސަލައިގައި އެކްސްގައި ލިޔުއްވަމުން ގަޕޯ ވިދާޅުވީ މިއީ ރައްޔިތުންނަށް ވެވޭ ގައްދާރެއް ކަމަށެވެ.
ޕެންޝަން ބޯޑުން، ސަރުކާރަށް ވަލުދޮރާށިން ފައިސާ ޗާޕް ކުރަން މަގުފަހިކޮށް ދިނުމަކީ ރައްޔިތުންނަށް ވެވޭ ގައްދާރެއް، ދެންއަންނަ ސަރުކާރެއްގައި، މިކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ އެންމެން ޤާނޫނުގައިވާ ގޮތަށް ޖަވާބުދާތީކޮށް ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.