އެޕްސްޓީންއާއެކު ވަހީދު ބޭއްވި ގުޅުންތައް ތަހުގީގު ކުރަން މޫސަ ގޮވާލައްވައިފި
އަދަދު
5 ފެބްރުއަރީ 2026 | ބުރާސްފަތި | 7:21
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ދުނިޔެ ދުށް އެންމެ ނުބައިނުލަފާ އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ޖެފްރީ އެޕްސްޓީންގެ މަޝްވަރާ މުހައްމަދު ވަޙީދު ހަސަން މަނިކު ހޯއްދަވާފައިވާ މައްސަލަ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފި އެވެ.
މޫސާ މަނިކު މިކަމަށް ގޮވާލެއްވީ، އެމެރިކާގެ ޑިޕާޓްމެންޓު އޮފް ޖަސްޓިސްއިން އާންމުކޮށްފައިވާ ބައެއް ލިޔުންތަކުގައި، ވަހީދު ރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް އެޕްސްޓީންއާ އެކު އެކި ކަންކަމުގައި މަޝްވަރާކޮށް، ދައުލަތް ހިންގުމުގެ ކަންކަމުގައި މުއާމަލާތް ކޮށްފައިވާކަމުގެ ހެކިތައް ހުރިކަމަށް ފެންމަތިވުމާ ގުޅިގެންނެވެ.
އެޕްސްޓީންގެ މުޑުދާރު، ނަޖިސް އަމަލުތައް ވަހީދަށް އެނގޭ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެޕްސްޓީން އާއެކު ރާއްޖޭގައި ރަށެއް ތަރައްގީކުރަން މަސައްކަތް ކުރި ކަމާއި ރިޔާސީ ކެމްޕޭންއަށް އޭނާ މެދުވެރިވެގެން ފައިސާ ހޯދަން މަސައްކަތް ކުރިކަން ވެސް ފަޅާ އަރާފައިވެ އެވެ.