ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާ މީހުންނަށް ކުޑަވެސް ފަރުވާލެއް ނެތް: މުއިއްޒު
އަދަދު
5 ފެބްރުއަރީ 2026 | ބުރާސްފަތި | 9:37
ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ބައްޓަން ކުރާނީ އިސްލާމް ދީނުގައިވާ ގޮތަށް ކަމަށާއި ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާ މީހުންގެ ގޮވާލުމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވާ ތިންވަނަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި މުއިއްޒު ގެންދަވަނީ އިއްވަމުންނެވެ. އެ ބަޔާނުގެ އެންމެ ކުރީ ބައި މުއިއްޒު ހާއްސަކުރީ އިސްލާމީ ހިދާޔަތް ދިރުވައި އަލާކުރުމަށް މި ސަރުކާރުން ކުރި ކަންކަމުގެ ކާމިޔާބު ފާހަގަކުރުމަށެވެ،
"ދައުލަތް ހިންގުމުގެ ހުރިހާ ކަމެެއްގައި ވެސް މާތްވެގެންވާ އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު،" މުއިއްޒު ވިދާޅުވި އެވެ.