ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީ މެންބަރުން ކަށިގަނޑު ފުމެނީ

އަދަދު

5 ފެބްރުއަރީ 2026 | ބުރާސްފަތި | 9:32

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަގުރީރު ކުރައްވަމުން ގެންދަވަނިކޮށް، އިދިކޮޅު އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރުމުގެ ގޮތުން ކަށިގަނޑު ފުމެން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގައި މުއިއްޒު ގެންދަވަނީ މިހާރު ތަގުރީރު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ވާހަކަ ފެށްޓެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަށިގަނޑު ފުމެން ފަށައިފަ އެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ބައެއް މެންބަރުން ދަނީ އެކިއެކި ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ލިޔުންތައް ވެސް މުއިއްޒުއަށް ފެންނާނޭހެން އަތުކޮޅަށް ނަގައި އިހުތިޖާޖު ކުރަމުންނެވެ.

މައުޟޫޢުތަށް