އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރަން އެއްބަސްވެއްޖެ

އަދަދު

5 ފެބްރުއަރީ 2026 | ބުރާސްފަތި | 9:59

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރަން އެއްބަސްވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރި މަޝްވަރާތަކުގެ ތެރެއިން އޭޕްރިލް 26، ގައި އަބޫދާބީ ފަންޑަށް އަނބުރާ ދައްކަން ޖެހޭ ބޮންޑު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ފަސް އަހަރު އިތުރުކުރަން އެއްބަސްވެފައިވާ ކަމަށެވެ. ދެން މި ލޯނު އަނބުރާ ދައްކަން ޖެހޭނީ 2031 ގައި އެވެ.

"އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 26 އޭޕްރިލް 2018 ގައި، އޭރުގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު، މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ރޯލްއޯވާކޮށް، މެޗުއަރިޓީގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމުގެ ޓާމްސްތަކަށް ވަނީ އެއްބަސްވެފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުޟޫޢުތަށް