ސުކޫކު ދައްކަން ބޮޑު އިންޓްރެސްޓުގައި އަދި ލޯނެއް ނުނަގާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:42
ސުކޫކު އަނބުރާ ދައްކަން ކާގިލްއިން ބޮޑު އިންޓްރެސްޓުގައި ލޯނެއް ނަގަން އުޅޭ ކަމުގެ އަޑުގަދަވެފައި ވަނިކޮށް، "އަދާހަމައަށް" 9 ޕަސެންޓަށް ވުރެ ބޮޑު އިންޓްރެސްޓުގައި ލޯނެއް ނުނަގާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު މިހެން ވިދާޅުވީ، ސުކޫކު އަނބުރާ ދައްކަން ސަރުކާރުން ގެންގުޅޭ ޕްލޭނުގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވަމުންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އޭޕްރިލްގައި، 2021 ގައި އެމްޑީޕީ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ 150 މިލިއަން ޑޮލަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ދެއްކުމަށް ފަހު، ބާކީ 350 މިލިއަން ޑޮލަރު ރީފައިންނޭންސް ކުރާނީ އެވެ.